Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

މަންޑޭގެ ބޮޑު އެހީއެއް އެމްއެންޑީއެފް އާއި އައިޖީއެމްއެޗަށް

މަރިޔަމް ރަފާލިޔުނީ:މަރިޔަމް ރަފާ
13 މެއި 2020
މަންޑޭގެ ބޮޑު އެހީއެއް އެމްއެންޑީއެފް އާއި އައިޖީއެމްއެޗަށް

ހުޅުމާލޭގައި އިމާރާތް ކުރަމުން ގެންދާ ކޭޕާކް ރެސިޑެންސްގެ ވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އެމްއެންޑީއެފް އާއި އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ އަދި ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ ގޯން ހެދުން ހަދިޔާ ކޮށްފިއެވެ.

ހަމްބޯ ކުންފުނީގެ ވެރިޔާ، މަންޑޭގެ ފަރާތްޕުޅުން މިރޭ އައިޖީއެމްއެޗާއި އެމްއެންޑީއެފްއަށް ހަދިޔާކޮށްފައި ވަނީ ކޮންމެ އިދާރާއަކަށް 100 ފުޅި ސެނެޓައިޒާ އާއި 1000 މާސްކާއި 100 ސެޓް ހެދުމެވެ. އެ ތަކެތި ހަވާލުކޮށް ދެއްވީވެސް އޭނާ އެވެ.

މިރޭ މަންޑޭ ވިދާޅުވީ މި ވަވުތަކީ ރައްޔިތުންނާއި ގައުމަށް އެހީވެ ދިނުމުގެ ގޮތުން ހުރިހާ ވިޔަފާރިވެރިން ވެސް ސަރުކާރާއެކުގައި ކުރިޔަށް ދާންޖެހޭ ވަގުތު ކަމަށާއި އޭނާގެ ފަރާތުން އެކި ފަރާތްތަކަށް އެހީތެރި ވެދޭން ފެށީ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާން ވެގެން ކަމަށެވެ.

”އަޅުގަނޑަށް ހީވަނީ މިއީ އެންމެ ބޮޑަށް ވިޔަފާރިވެރިންގެ ބޭނުން ގައުމަށާއި ރައްޔިތުންނަށް ޖެހެނޭ ވަގުތުހެން. އަދި މިއީ އެހީތެރިވެ ދިނުމުގައި ސަރުކާރާއެކު ކުރިޔަށް ދާންވީ ވަގުތުހެން، އެހެން ވެެގެން އަޅުގަނޑަށް ވެވެން އޮތް އެހީއެއް ވަމުން މިދަނީ،“ އޭނާ ވިދާޅުވި އެވެ.

މިރޭ އައިޖީއެމްއެޗާއި އެމްއެންޑީއެފް އަށް މި ތަކެތި ހަދިޔާ ކުރި އިރު މީގެ ދެ ދުވަސް ކުރީން އޭނާ ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި ދެކުުނުގެ ދެ އަތޮޅަކަށް ވެސް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވާފަ އެވެ.

އެ ފަހަރު އެންއީއޯސީން 2000 މާސްކާއި 100 ފުޅި ސެނެޓައިޒާ މަންޑޭ ހަދިޔާ ކުރެއްވި އެވެ. އަދި އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރެއްވި އިރު ގއ. އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރެއްވި އެވެ.

މަންޑޭ ވަނީ މީގެ ކުރިން ވެސް މިފަދަ އެހީތެރިކަން އެކި ފަރާތްތަކަށް ފޯރުކޮށް ދެއްވާފަ އެވެ. އަދި ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާ ދަނީ ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު