Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ވިޔަފާރިވެރިންނަށް އެކަނި ފައިސާ ދޭން ނުޖެހޭ، އާންމުނަށް ވެސް އެހީވާން ޖެހޭ: ޖާބިރު

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
23 މާރޗް 2020
ވިޔަފާރިވެރިންނަށް އެކަނި ފައިސާ ދޭން ނުޖެހޭ، އާންމުނަށް ވެސް އެހީވާން ޖެހޭ: ޖާބިރު
  1. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމަށް ވިޔަފާރިވެރިންނަށް އެކަނި ފައިސާ ދީގެން އާންމުން ދިރިއުޅޭ ގެތަކަށް ފައިސާ ނުވަންނަ ކަމަށާއި މިއީ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެހީވާންވި ވަގުތު ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

”ކުއްލި ޚަބަރަށް“ ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ބޮޑެތި ކުންފުނިތަކަށް އެކަނި ލިބޭ ފައިސާގެ ސަބަބުން ހުރިހާ ގޭބިސީތަކަށް އެކަމުގެ ފައިދާ ނުކުރާނެ ކަމަށެވެ. އަދި މިވަގުތު ރާއްޖެ އަށް ބޭނުން ވަނީ ރަނގަޅު ކޮންޓިންޖެންސީ ޕްލޭނެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ގިނަ ބައެއްގެ މުސާރަ ކުޑަކުރަމުންދާ ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، މިވަގުތު ސަރުކާރުން އިސްނަގައިގެންް ގޭބީސީތަކަށް އެހީ ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ.

”ގޭބިސީތަކަށް ފައިސާއެއް ނުވަންނާނެ، ނޫންތޯ ހުރިހާ އެންމެންނަކީ އެންމެ ބޮޑެތި ވިޔަފާރިވެރިން ކައިރީ މަސައްކަތް ކުރާ ބައެއް ނޫން. އެހެންވީމަ ސަރުކާރުން އެބަ ޖެހޭ މިކަހަލަ ގޭބީސީތަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދެއްވަން. އެއީ މިހާލަތުން އަރައިގަތުމަށް. ވަގުތު އޮއްވާ ރަނގަޅު ކޮންޓިންޖެންސީ ޕްލޭނެއް މިހާލަތުން އަރައިގަންނަން އެބަ ބޭނުންވޭ،“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ވިޔަފާރިތަކަށް އެހީވުމަށް ފައިސާ ދެނީ ބޭންކްތަައް މެދުވެރިކޮށް ކަމަށްވާ އިރު، އެ ފައިސާ ވެސް އަވަހަށް ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ.

ޖާބިރު އެގޮތަށް ވިދާޅުވި އިރު، ޓޫރިޒަމް ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނަށް އެދި ހުށަހަޅާ ކޮންމެ ރިސޯޓަކަށް ނުވަތަ ގެސްޓް ހައުސްއަކަށް ވެސް އެންމެ ގިނަވެގެން 30 މިލިއަން ރުފިޔާ ނުވަތަ ދެ މިލިއަން ޑޮލަރު ލިބޭނެ ސްކީމެއް ވަނީ ތައާރަފްކޮށްފައެވެ.

”އިންޑަސްޓްރީތަކަށް އެހީވާން ދޭ ފައިސާ ބޭންކުން އެބަ ޖެހޭ އަވަހަށް ފޯރުކޮށްދޭން. ދެން އާންމުކޮށް ބޭންކްތައް އޮޕަރޭޓްވަނީ ކޮމާޝަލްކޮށް. ނަމަވެސް މިކަމުގައި ޖެހޭ މި ޕްރޮސެސް އަވަސް ކުރަން. ސަރުކާރުން ފައިސާ ދޭން ނިންމީ ވަރަށް ރަނގަޅު މަގްސަދެއްގައި. އެކަން ހާސިލް ވާނީ މި މަސައްކަތް އަވަސްވެގެން. މި ފައިސާ އެބަ ޖެހޭ އިންޑަސްޓްރީތަކަށް ޖެނެރޭޓްވާން.“ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށް ކުރަމުންދާތީ ވިޔަފާރިތަކަށް އަންނާނެ ހީނަރު ކަމަށް ވިސްނައި އެހެން ވިޔަ ނުދިނުމަށް އިންޓްރެސްޓް ރޭޓް ދަށްކޮށް އަނބުރާ ދެއްކޭ ގޮތަށް ލުއި ލޯންތަކެއް ހަމަޖައްސައި ދިނުމަށް ރާވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، އިންޓްރެސްޓް ރޭޓު ދަށްކޮށް ވީހާވެސް ލުއި ގޮތްތަކެެއް އަނބުރާ ލޯނު ދެއްކުމަށް އެކުލަވައިލުމަކީ ވިޔަފާރިތައް މުޅިން ބަނގުރޫޓު ނުވެ ބެހެއްޓުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި މީހުންގެ ވަޒީފާތައް ގެއްލުނަ ނުދިނުމަށް ވެސް އެއީ އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު