އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މިއަދުގެ ވަގުތެއްގައި ހުށަހެޅި އެ މައްސަލައިގައި އެމީހާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިން ކަމަށެވެ.
އޭނާއަކީ ސްރީ ލަންކާއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމެއް ނުވަތަ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.