ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ.

ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ އުނދަގޫތައް ކުރިމަތި ކުރުވުމެވެ. ނުވަތަ މިއުދަނގޫތައް ކުރިމަތިކުރުވާ ހާލަތްތަކެކެވެ.
ގެސްޓްރައިޓްސް ހުންނަމީހުން އެކަމުގެ އުދަގޫތަށް ކުޑަކޮށް ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތަށްތަކަށް ބަލާއިރު އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން ވަރަށް މުހިންމު ކަމަށް ސިއްޚީ މާހިރުން ލަފަދީފައިވެއެވެ. މީގެއިތުރުންވެސް ކެއުމުގެ އާދަ ވަކި އިންތިޒާމަކުން (ގަޑިންގަޑިއަށް ކެއުން) ބެހެއްޓުމާއި، ތަދުކަނޑުވާ ބޭސްތައް އާންމުކޮށް ބޭނުން ނުކުރުމާއި، ކުޅި، ތެޔޮ، ހަވާދުލީ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމުގެ އިތުރުން ހުތްތަކެތި މިސާލަކަށް އަލަނާސި، ލުނބޯ، އޮރެންޖު ފަދަ ހުތްތަކެތި ބޭނުންކުރުން ދުރުހެލިވަންޖެހެއެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުނުކުރުމާއި، ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުމުގެ އިތުރުން ބަނގުރާ ނުބުއިން މަސްތުވާތަކެތި ބޭނުން ނުކުރުމަށްވެސް ސިއްޚީމާހިރުން ލަފާދީފައިވެއެވެ.
ގެސްޓްރައިޓިސްގެ މާނައަކީ ބަނޑުގެ އެތެރޭ ބަތާނަފަށް (އެތެރެއިން ލެވިފައިވާ ދުލިފަށަލަ) ދުޅަވުމެވެ. މައިދާގެ އެތެރޭގެ ފާރު ރައްކާތެރިކުރުމަށް ގުދުރަތީގޮތުން ލެވިފައިވާ ލޮނދީގެ ދުލިފަށަލައިގައި ހުންނަ ދެރަކަމަކުން، ކާތަކެތި ހަޖަމުކުރުމަށް ދޫކުރާ ދިޔަ(ޖޫސް)އިގެ ސަބަބުން މައިދާގެ ބަތާނަފަށަށް، އަނިޔާވެ، ދުޅަވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރެއެވެ.
ބަނޑުގައި ވައިހެދުން ކުއްލިއަކަށް ކުރިމަތިވެ، ކުރު މުއްދަތަކަށް ވެސް ކުރިމަތިވެދާނެ އެވެ. (އެކިއުޓް ގެސްޓްރައިޓިސް)، ނޫނީ މަޑުމަޑުން ގިނަ ދުވަހުން ކުރިމަތިވެ، ދިގުމުއްދަތަކަށް ދެމިގެންވެސް ހިނގައިދާނެ އެވެ.