މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިސްގެ ސަބަބުން އަވަށްޓެރި އިންޑިއާ މިމަހުގެ 24 އިން ފަށައިގެން ލޮކްޑައުން ކޮށްފައިވާތީ ކާނޑު ލިބުމުގެ ދަތިކަން ކުރިމަތިނުވާނެ ކަން ހާމަކުރަށްވައިފައި ވަނިކޮށް 993 ޓަނުގެ ހަނޑުލާއި 500 ޓަނުގެ ހަކުރު ރާއްޖެގެނެސްފިއެވެ.

މިކަންހާމަ ކުރައްވައިފާ ވަނީ މިއަދު އިންޑިއަން ހައިކޮމިޝަނުން ކުރެއްވި ޓުވީޓެއްގައެވެ. އަދިހަމައެހެންމެ ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް 5000 ޓަނުގެ ސިމެންތިވަނީ ރާއްޖެގެނައުމުގެ މަގުމަތީގައި ކަމަށް މިޓުވީޓުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން މިޓުވީޓުގައި 2000 ޓަނުގެ ހަނޑުލާއި ހަކުރުވެސް ވަނީ ރާއްޖެގެނައުމުގެ މަގުމަތީގައި ކަމަށް
ވާނީ ބުނެފައެވެ.