ޔޫކޭ އިން ރާއްޖެއަށް ދަތުރު ކުރި ދިވެއްސަކު ކޯވިޑް-19 އަށް ޝއްކު ކުރެވޭ އަލާމާތަކެއް ފެނިގެން ސާޕްލް ނަގައި ޓެސްޓު ކުރިއިރު ކޯވިޑް-19އަށް ފައްސި ވެއްޖެކަމަށް އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފިއެވެ.

މި މީހާ ރާއްޖެ އައި ގޮތަށް ހުރީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ކަމަށް ވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.
މީ ރާއްޖޭގައި ދިވެއްސަކު ފައްސިވި ދެ ވަނަ ފަހަރެވެ. މި އާއެކު ރާއްޖޭގައި ކޯވިޑް-19 އަށް ފައްސި ވެފައިވާ ޖުމުލަ އަދަދު 17 އަށް އަރައިފިއެވެ. އަދި މީގެތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި 17 މީހުންގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ފައްސިވި އިޓަލީ 2 ފަތުރުވެރިން ހިމެނެއެވެ.
އިތުރު ތަފުސީލު އަންނަނީ…