އައްޑޫ ސިޓީން ކޯވިޑަށް ޝައްކު ކުރެވޭ މީހުންތަކެއް އެކަހެރި ކޮއްފިއެވެ.

”ކުއްލި ޚަބަރަށް“ މަޢުލޫމާތު ލިބުނު ގޮތުގައި ކޮޗިން އަށް ދަތުރު ކޮށްފައި ރާއްޖެ އައިތާ 14 ދުވަސް ނުވާ މީހަކު ކޯވިޑްގެ އަލާމަތްތަކާއެކު ރޭ ހިތަދޫ އިކިއުޓޯރިއަލް ހޮސްޕޓަލަށް ދިޔުމާ ގުޅިގެން އޭނާ އާއި، ޑޮކްޓަރާއި، ދެ ނަރުހަކާ އަދި މީގެ އިތުރުން ބަލިމީހާގެ އާއިލާވެސް މިހާރު ވަނީ ގަމުގައި އެކަހެރިކޮށްފައެވެ.
”ކުއްލި ޚަބަރަށް“ މަޢުލޫމާތު ދިން މީހާ ބުނީ، ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހާ ވަނީ އައްޑޫ ސިޓީ ހިތަދޫގެ 50% އާބާދީގެ މީހުނާ ބައްދަލުވެފައި ކަމައްށެވެ.
”ކުއްލި ޚަބަރަށް“ އިތުރަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި އިނގިފައިވާ ގޮތުން އެޗްޕީއޭ އިން ދަނީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.