ކޮވިޑް19 އާ ގުޅިގެން ބިދޭސީން ރާއްޖެއައުން ހުއްޓުވާފައިވީނަމަވެސް، ޑިޕްލޮމެޓިކް ވިސާގައި 6 މީހަކު މިއަދު ރާއްޖެ އައިސްފިއެވެ.

ކޮވިޑް19 އާ ގުޅިގެން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، ކޮވިޑްް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މިއަދު ރާއްޖެ އައިސްފައިވަނީ އެމެރިކާއަށް ނިސްބަތްވާ މީހުންކަމަށާއި، އެއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މީހުންކަމަށެވެ.
އެމެރިކާއިން ރާއްޖެއައި މީހުންގެ ދަތުރަކީ، ކުރިން ޕްލޭންކުރެވިފައިވާ ދަތުރެއްކަމަށާއި، އެ 6 މީހުން މިވަގުތު ތިބީ ހުދުރަންފުށި ރިސޯޓުގައި ކަރަންޓީނު ކުރެވިފައިކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.