ނޮވެންބަރު މަހު ޗައިނާގެ ވޫހާން ސިޓީގަ ފެތުރިގަތް ރޯގާއެއްގެ ސަބަބުން މިއަދު މުޅިދުނިޔެ މިވަނީ ވަރަށް ބޮޑު ހާސްކަމަކާ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިރޯގާ މުޅި ވޫހާން ސިޓީގައި ފެތުރި، އެންމެ އާބާދީ ބޮޑު ޤައުމުގެ ހުރިހާ ކަންކޮޅުތަކަކައް ފެތުރުނީ އެންމެ 10 ވަރަކަށް ދުވަސް ތެރޭގައެވެ. އަދި އެއަށްފަހު މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކަކަށް މި ރޯގާ ވަނީ ދަތުރުކޮށް ގިނަ ބައެއްގެ ފުރާނައަށްވެސް ގެއްލުން ދީފައެވެ. މިޔަދާ ހަމަޔަށް އައި އިރުވެސް ކިހިނެއް ކޮންތާކުން އައި އެއްޗެއް ކަމެއް ވަނީ ކަށަވަރު ނުކުރެވިފަ އެވެ.

ކޮވިޑް-19 ގެ ނަމުން ނަން ދީފައިވާ ދުނިޔެއަށް މުޅިން އަލަށް ފެނިފައިމިވަނީ މީގެ ކުރިންވެސް ބިރުތަކެއް ދައްކަމުން އައި ސާސް ބައްޔާ މޭރސް ބަލީގަވެސް ހުންނަ ކޮރޯނާއޭ ކިޔާ ވައިރަސްގެ ބާވަތެކެވެ. އަދި މީ މިހާތަނަށް ފެނުނު އެންމެ ކުޑަވައިރަސް ކަމަށްވެސް ވަނީ ސައިންސް ވެރިން ބުނެފައެވެ. ވޫހާން ސީޓީގަ ހުންނަ މީޓް މާކެޓުން ފެނުނުކަމަށް ބުނާ ކޮޮރޯނާ ވައިރަސް އިންސާނުން ގަޔަށް ފުރަތަމަ އެރީ އެތަނުން ވިއްކަމުން ގެންދިޔަ ވާލު މަސް ކައިގެން ކަމަށް ޚަބަރު އާންމުވެފައި ވެއެވެ.
އެންމެ އާބާދީ ގޮތުން ބޮޑު، އެންމެ ޢިޣްތިސޯދީ ގޮތުންނާއި ޓެކުނޮލަޖީގެ ގޮތުން ވެސް ބިޔަ ޤައުމުތައް މިވަނީ މި ކުޑަ ކުޑަ ވައިރަސްއާ ހަނގުރާމަ ކުރަންޖެހި އަދި އެކަމަށް ނުކުޅެދިފައެވެ. ދުނިޔޭގެ ގިނަބަޔެއްގެ ވަޒީފާ ގެއްލި، ވިޔަފާރިތައް ހުއްޓުމަކަށް އައިސް މުޅި ދުނިޔެ މިވަނީ އިޤްތިސޯދީ ވަޅުގަނޑަކަށް ވެއްޓި އަދި މީގެން އަރައިގަނެވޭނެ ދުވަހެއްވެސް ނޭންގޭ ހިސާބަށް ގޮއްސައެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ގިނަބަޔަކު ދެކޭ އެމެރިކާގަ އެއްމަސް ތެރޭ މިވަނީ ދޮޅުލައްކަޔައް ވުރެއް ގިނަ ބަޔަކަށް މި ބަލި ޖެހި ހަތަރުހާހާ ގާތްކުރާ ވަރަށް މީހުން މަރުވެފައެވެ. އަދި ޔޫރަޕްގެ އެންމެ ކުރިއަރާ ގޮސްފައިވާ އިޓަލީޔާ ސްޕެއިންވެސް މިވަނީ މިހާތަނަށް ދުނިޔެ ދުއް އެންމެ ބޮޑު ނިކަމެތި ކަމުގެ ތެރެޔަށް ވެއްޓިފައެވެ. ކޮންމެ ދުވަހެއްގެ މައްޗަށް ގާތްގަނޑަކަށް ފައްސަތޭކަޔަށް ވުރެށް ގިނަ މީހުން މިދަނީ މަރުވަމުންނެވެ.
އެކި އެކި ގައުމުތަކުންނާ ބޮޑެތި ވިޔަފާރިވެރިން ބިލިޔަނުން ޑޮލަރު އިންވެސްޓު ކުރަމުން މިޔަދާ ހަމަޔަށް މި އާދެވުނީ މި ވައިރަސްއަށް އެއްވެސް ވެކްސިނެއްވެސް ބޭހެއްވެސް ތައްޔާރުނުކުރެވިއެވެ. ނަމަވެސް ކުރަމުންދާ މަސައްކަތުން ކޮންމެސް ވަރެއްގެ އުންމީދު ތަކެއް ދުނިޔެޔައް ދަނީ ލިބެމުންނެވެ. ހައެއްކަމަސް ނުވަތަ އަހަރެއްހާ ދުވަސް ދުނިޔެ މިކަމުގެ ތެރޭ ތަހައްމަލް ކުރަންޖެހިދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. މުޅި ދުނިޔެ މިޔަދު މިއޮތީ ވެކްސިނަކަށް އަދި ބޭހަކަށް އިންތިޒާރުކުރުމުގައި ގެއަށްވަދެ ބިރުންނެވެ. އިންސާނާޔަށް އިންސާނާގެ ނިކަމެތިކަން އިހްސާވާ ހާލުގައެވެ. އިންސާނިއްޔަތުކަން ނެތިގެން ހައްދުފަހަނަ އަޅާހިސާބުގަ އޮއްވާ މި ކުޑަ ކުޑަ ވައިރަސް މިވަނީ ދުނިޔެ ސައިޒު ކޮށް ބޮޑު ފިލާވަޅެއް ނަގާދީފައެވެ.