ގދ.ތިނަދޫ ގެ މަގުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގދ ތިނަދޫގެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ކުރަމުންދަނީ ގދ.ތިނަދޫ ކައުންސިލާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ ތިނަދޫ ފަޔަރ ސްޓޭޝަން ގުޅިގެންނެވެ. ޑިސްއިންފެކްޓު ކުރުމުުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެމަސައްކަތަ ކުރިއަށްގެންދަނީ ގދ.ތިނަދޫގެ ބަދަރު ސަރަހައްދުގެ މަގުތަކެވެ.
ގދ.ތިނަދޫއަކީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވުމުން މިރަށުގެ ބަދަރު ސަރަހައްދަކީ އަތޮޅުގެ ގިނަބަޔަކު ހިދުމަތް ހޯދަމުންދާ ސަރަހައްދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.