އަލަތު ކައިވެނި ކުރުމުގެ ކުރިން އެވަރެޖުކޮށް 7 މީހުން ދެކެ ލޯބިވެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނައިޓެޑް ކިންގޑޮމް (ޔޫކޭ) ނުވަތަ އިނގިރޭސި ވިލާތުގައި ހެދި މި ދިރާސާގައި 2000 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވެއެވެ. ދިރާސާއިން އިތުރަށް އެނގުނު ގޮތުގައި، ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ލޯބީގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހެއެވެ. އެގޮތުން، ގިނަ އަންހެނުންނަށް އެމީހާގެ އަލަތު ފިރިމީހާއާ ދިމާވަނީ 5-7 މީހުންނާ ލޯބީގެ ގޮތުން ގުޅި، އެ ގުޅުންތައް ކުރިއަށް ނުގެންދެވި ނާކާމިޔާބު ވެގެނެވެ.
ދިރާސާގައި ބައިވެރިވި ހުރިހާ އެންމެން ކަހަލަ ގޮތަކަށް އިއްތިފާޤުވާ ކަމެއް އެބަ އޮތެވެ. އެއީ އެމީހުންގެ އަސްލު ލޯބިވެރިޔާ އަކީ ހަމަ ގައިމުވެސް ފުރަތަމަ ލޯބީގެ ގޮތުން ގުޅުނު މީހާއެއް ނޫނެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އޭގައި ޖެހިއްޖެ ނަމަ ފާޑަކަށް މޮޔަ ކޮށްލަ އެވެ. ލޯބި ހާސިލު ކުރަން އެތައް މަސައްކަތެއް ކުރެ އެވެ. ގިނަ ފަހަރަށް ލޯބި ހޯދަން އިސްނަގައި އެމަސައްކަތް ފަށަނީ ފިރިހެނުންނެވެ. ނަމަވެސް އަންހެނުންވެސް ލޯބި ހާސިލް ކުރަން ފިރިހެނުންނެކޭ އެއްވަރަށް އަދި އެއަށްވުރެ ބޮޑަށް މަސައްކަތް ކުރެއެވެ.
ބިވެރިޔާ ހޯދަން މިހެން މަސައްކަތް ކުރާއިރު ގިނަ ފަހަރަށް އަންހެނުންނަށް ގޯސް ތަކެއްވެސް ހެދެ އެވެ. އެހެން ކަމުން ލޯބިވެރިޔާ ހާސިލް ވުމުގެ ބަދަލުގައި ހައްތަހާވެސް ދުރުވާ ފަހަރު އާދެ އެވެ. ބިވެރިޔާ އަކީ ކިޔަވައިގެން ހުރި އަދި ތައުލީމަށް ލޯބިކުރާ މީހެއް ނަމަ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވަނީ ތައުލީމީ ކުއްޖެކެވެ. ކިޔެވުމާއި ދުރު އަދި ކިޔަވަން ބޭނުން ނުވާ ޖާހިލަކާއެކު ދިރިއުޅުމެއް ފަށާކަށް ގިނަ ފިރިހެނުންނެއް ބޭނުމެއް ނުވާނެ އެވެ.
މިއީ ވަރަށް ގިނަ އަންހެނުން ކުރާ ކަމެކެވެ. ފިރިހެން މީހާ ތިމާގެ ބާރުގެ ދަށުގައި ހިފަހައްޓަން މަސައްކަތް ކުރެއެވެ. ނަމަވެސް އެއީ ފިރިހެނުން ފޫހިވާ ކަމެކެވެ. އެމީހުންނަށް މިނިވަން ދޭށެވެ. އަދި އިތުބާރު ކުރާށެވެ. ތިމާދެކެ ލޯބިވެ އެކުގައި އުޅެން ބޭނުންވާނަމަ އެހެން އަންހެނެއް ކައިރިއަކަށް ނުދާނެ އެވެ.
މާ ބޮޑަށް ހަސަދަވެރި ނުވާށެވެ. ލޯބިވެރިޔާ އެހެން އަންހެއް ކުއްޖަކާ ވާހަކަ ދައްކާލިއަސް އެކަން ބޮޑު އިޝޫއަކަށް ނުހަދާށެވެ. ރައްޓެހިންވެސް ތިބޭނެއެވެ. އެމީހުންނާއެކު ވަގަުތު ހޭދަކޮށް ވާހަކަ ދައްކަން ބޭނުންވާނެކަން ހަނދާން ކުރަންވާނެ އެވެ. އޭނަ އާ ހެދި މާބޮޑަށް ނޫޅޭށެވެ. ”ހޭބަލިވެގެން“ އުޅުމަކީ ފިރިހެނުން ވަރަށް ފޫހިވާ ކަމެކެވެ.