ކޮވިޑް19 އާ ގުޅިގެން މުވައްޒަފުން ވަކިކުރާ ރިސޯޓުތަކަށް ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ލުއި ނުލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިރޭ ދަރުބާރު ގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން ރިސޯޓުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި، ސަރުކާރުން ކަނޑައަޅާފައިވާ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ރިސޯޓުތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، އެ ޕްކޭޖުގެ ތެރެއިން ލުއި ހޯދުމަށް ރިސޯޓުތަކުން ހުށަހަޅާއިރު މި ޙާލަތާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިނުކުރާކަން ޔަޤީންކޮށް ދޭންޖެހޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވަރަށްގިނަ ރިސޯޓްތަކުގެ މުވައްޒަފުން މި ޙާލަތުގައި ނޯޕޭއަށް ފޮނުވާލާފާއިރު ބައެއް ެިަރިސޯޓުތަކުން މުވައްޒަފުން ވަކިކުރަމުންދާކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.