Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ޏަވިޔަނި އަތޮޅުގައި އޮންނަ ހަމަ އެކަނި ރަށް

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
2 އޭޕްރިލް 2020

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ދުވަހެއްގަ މި އިންނަ ސައްވީސް ގަޑިއިރު ތެރެއިން ކޮންމެ ވަގުތަކު ނަޒަރު ހިންގާލިޔަސް ފަތުރުވެރިޔަކު ނުފެނި ހިނގައިދާނެ ތަނެއް ނޫންކަން އަހަރުމެން ކޮންމެ ދިވެއްސަކަށްވެސް ޔަގީން ކުރެވޭނެއެވެ. ސަބަބަކަށް ވަނީ ދިވެރިރާއްޖޭގެ މި ކުދި ކުދި ޖަޒީރާ ރަށްތަކުގެ ގުދުރަތީ ރީތިކަމެވެ. ދުނިޔޭގެ އެހެނިހެން ހިސާބުތަކުން ފެންނަން ދަތި މަންޒަރުތަކަށް ވާތީ އެވެ. ހުދު ދޮންވެލި ގޮނޑުދޮށާއި ސާފު ކަމުން ދަޅަ އަޅަ އަޅަ އޮންނަ މޫދަކީ ދިވެހިންނަށް އާމަންޒަރަކަށް ނުވެޔެވެ. އެކަމަކު ބައެއް ރަށްރަށުން ފެންނަ ތަފާތު ރީތި މަންޒަރު ތަކުން ދިވެހިންވެސް ހަމަ ދަނީ ސިއްސައިގެންނެވެ.

މުޅި ޏަވިޔަނި އަތޮޅުގައި އޮންނަ ހަމަ އެކަނި ރަށް ކަމަށްވާ ފުވައްމުލަކަކީ ދުނިޔޭގެ އީކުއޭޓަރާ އެންމެ ގާތަށް އޮންނަ ރަށެވެ. ދިވެހި ރާއްޖޭގެ ދެންހުރި ހުރިހާ ރަށްތަކާ އާދަޔާ ޙިލާފަށް ތަފާތު ރަށެކެވެ. މި ރަށަކީ ރާއްޖޭގެ ތިންވަނަޔަށް އެންމެ ބޮޑު، ވަރުގަދަ ފަރަކާ އެކީ ހެދިފަ އޮންނަ ރަށެކެވެ. އަމިއްލަ ބަހުރުވައެއްވެސް އޮންނަ ރަށެކެވެ. މީގެ ދުވަސްތަކެއްކުރީގައި، ރަށަށް ކަނޑުމަގުން އައިސް އެރުމަކީ، ނަގާ ބާނިތަކާ ރާޅުތަކުގެ ބޮޑުކަމުން ކުރަން ވަރަށް ނުރަށްކާތެރި ކަމެކެވެ. ނަމަވެސް، ބަނދަރެށް ހެދި، އަދި އެއާޕޯޓު އެޅިގެން ދެހާސް އެގާރަވަނަ އަހަރުން ފެށިގެން ރަށަށް އަރާ ފޭބުން ފަސޭހަވުމުން މީހުން އަރާފައިބާލެއް ގިނަވެ ރަށުގެ ނަން ވަނީ އެތައް ގުނަޔަކަށް މައްޝޫރު ވެފައެވެ.

ރަށުގެ އެންމެ ދެކުނުގަ އޮންނަ ތުނޑިއަކީ ނިސްބަތުން ބަލާ އިރު ވަރަށް ބޮޑު، އަދި އެހެން ރަށްރަށުގެ ތުނޑިޔާ ޙިލާފަށް އޮމާން ވެފަ ހުންނަ ކުދި ކުދި އޮށްގާ ތަކަކުން ހެދިފަ އޮންނަ ތުނޑިޔެކެވެ. ފުވައްމުލަކު ވެއްޔޭ ކިޔާ މި އަކިރިޔަކީ ރަށަށް އަރައިފި މީހަކު، އެނބުރި ދާއިރު ހަނދާނެއްގެ ގޮތުގައި ނޫންނަމަ ހަދިޔާއެއްގެ ގޮތުގައި ނަމަވެސް ހިފައިގެން ދަތުރުގެ އުޅަނދަށް ނޭރޭނެ ވަރުގެ އެއްޗަކަށް މިއަދުވަނީ ވެފައެވެ.

އަހަރަކު އެއްފަހަރު ހިނގާ ބީއްސާވެއްޔަކީ ގުދުރަތީ ގޮތުން ވަމުންދާ ދުނިޔެއައްވެސް ވަރަށް އަޖައިބުކުރަނިވި ކަމެކެވެ. ރާޅުޖަހާ، ގޮނޑު ދޮށުން ވެލިގަނޑު ބޭރު ފަރާ ހަމަޔަށް ދަމާލާ، ރަށާ ފަރާ ދޭތެރޭ މޫދު ތިލަވެ، ސުއިމިންޕޫލެއްގެ ޒާތައް މޫދާއި ވެލިގަނޑު ހެދިގެން ދެއެވެ. މީ އުމުރުން އެއްފަހަރު ނަމަވެސް ބަލާލަން ޖެހޭނެ މަންޒަރެއް ކަމުގައި ގިނަ ބަޔަކު ބުނަމުން ދެއެވެ.

ހަމަ މިކަމާ ވިދިގެން ރަށު ތެރެޔަށް ބަލާލާ އިރު، ރަށުގެ ގަސްކަރައަކީވެސް އެހެން ރަށްރަށާ ޙިލާފަށް ބިޔަވެފަ ކުލަ ގަދަކޮއް ފެންނަ މަންޒަރަކެވެ. ސަބަބަކީ ރަށުގެ ހައިރާން ވާފަދަ ތެތް ފަސްގަނޑެވެ. ފަސްގަނޑު ފޯވެފައި ވަނީ ތަފާތު މާއްދާތަކުންކަން ކަށަވަރު ކުރެވެޔެވެ. ރަށުގައި ދަނޑު ގޮވާން ކުރަމުން އަންނަ ބާވަތްތަކަކީ ރާއްޖޭގެ އެހެން ރަށެއްގައި ހައްދަން ކުޅަދާނަ ވެގެންވާ ބާވަތްތަކެއް ނޫނެވެވެ. މީގެން ބައެއް ބާވަތް ތަކަކީ އޮރެންޖާ އަލަނާސިޔާ އަދި އަންނާރުވެސް ހެދުނުކަމަށް ބައެށްފަރާތްތަކުން ބުނެއެވެ. ފުވައްމުލަަކު އަނބަކީ މީގެ ތެރެއިންވެސް އެނމެ ބޮޑަށް ފާހަގަ ކޮއްލެވޭ މޭވާގެ ބާވަތެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުގައި ކޮންމެ އަހަރަކުވެސް އަނބު މޫސުމުގައި ފުވައްމުލަކު އަނބެއް ކާނުލާނެ ދިވެއްސެއް ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިރާދަކުރެއްވީތީ އަނބުލިބޭލެއްވެސް މަދެއްނޫނެވެ. އާންމުކޮށް ވާހަކަ ދައްކާ ދެއްކުމުގައި، މީހުން ބުނޭ ފުވައްމުލަކުގައި އަނބު ގަހެއް ނުހުންނަ ގެޔެއް ނުހުންނާނެވެ. ދެން އޮތީ، މުޅި ރަށުގައި މީހެއްގެ ބެލުމެއް ނެތި ގިނަ އަދަދަކައް ހެދިފަ އޮންނަ ދަނބާއި އޮޅުއަލައެވެ. ބޯކޮށް ހެދިފަ އޮންނަ ވާ ދަނބުގަސްތަކުން އޮންނަނީ ފުރިފައެވެ. އޮޅުއަލަ އޮންނަނީ ރަށުގެ އެންމެ ފަސްގަނޑު ތާޒާކޮށް، ތެތް ކޮށް އޮންނަ ހިސާބުގައެވެ. އެއީ ރަށުގަ ބޮޑު ދެ ކުޅި އޮންނަ ސަރަހައްދުގައެވެ.

މި ދެ ކުޅީއަކީ ރަށުގެ ތިމާވެއްޓަށް ރަނގަޅު ތަފާތުތަކެއް ގެނެސްދޭ ބޮޑު ސަބަބަކެވެ. ކުޅީގެ ވަށައިގެން އޮޅުއަލައިގެ އިތުރުން ބޯކޮށް އެތައް ހިސާބަކަށް ހެދިފަ ހުންނަ އެކި ފާޑުފާޑުގެ ވިނަ ތައްވެސް މަދެއް ނޫނެވެ. އެންމެގިނައިން ހެދިފަ ހުންނަނީ މިހިލަނބު ކިޔާ ވިނައެކެވެ. ކުޅީގަ އުޅޭ މަސްތަކާ އެކި ސަރަހައްދުތަކުގައި އުޅޭ ސޫފި ތަކަކީވެސް ތަފާތު ސޫފިތަކެކެވެ. އަދި ރަށަށް އެކި ހިސާބުތަކުން އަންނަ ދޫނިތަކުގެ ތެރެއިން ގައުމުގެ އެހެން ހިސާބަކުން ނުފެންނަ ދޫންޏެއްވެސް ހިމެނިގެންވެއެވެ. ވަލުކުކުޅުގެ ނަމުން ނަން ދެވިފައިވާ މި ދޫންޏަކީ ރަށު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގޭގަ ގެންގުޅޭވެސް އެއްޗެކެވެ.

މަސްވެރިކަމަށް ބަލާލިޔަސް މިރަށުގެ ސަރަހައްދުން, ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން ނުބޭނޭ މަހެއްކަމައް ކައްޓެޅި ވެގެން ދެޔެއެވެ. ކައްޓެޅި މަހާ އަދި އެމަހުގެ ގަރުދިޔައިގެ ރަހަ ބަލާލަން ލިބުމަކީ މިރަށަށް އަރާމީހަކަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތަކާ ނަސީބެކެވެ.

ފުވައްމުލަކާ ބެހޭ ގޮތުން ބަޔާން ކުރެވިގެން މި އައި ވާހަކަތައް އިހްސާސް ކޮއްލެވޭނީ މިރަށަށް ދުވަސްކޮޅަކަށް ނަމަވެސް ގޮސް ހުރެގެންނެވެ. މި ކަންތައްތައް ތަޖުރިބާ ކޮއްލަން މި ރަށަށް ދަތުރެއް ކުރަން ހިތުއަޅައިގެން ތިބި ދިވެހިން މަދެއްނޫނެވެ. ހަމަ ޔަގީނުންވެސް ދަތުރެއް ކުރެވިއްޖެ ނަމަ އެކަން ވާނީ ގިނަ ޒަމާން ތަކަކުންވެސް ހަނދާނުން ފިލައިގެން ނުދާނެ ތަޖުރިބާ ޔަކަށެވެ.

ގުޅުންހުރި ލިޔުންތައް

މިފަހަރު ޕަބްޖީ ސީޒަން 13 ވަރަށް ތަފާތު!

މިފަހަރު ޕަބްޖީ ސީޒަން 13 ވަރަށް ތަފާތު!

8 މެއި 2020

ރައްކާތެރިވާން ބޭނުމިއްޔާ ގޭގައި ތިއްބަވާ، ނޫނީ ސަންދޯކެއް ޖަހަން ޖެހިދާނެ!

21 އޭޕްރިލް 2020
ވާދޫގައި ކަރަންޓީން ކުރި މީހާއާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތަކެއް!

ވާދޫގައި ކަރަންޓީން ކުރި މީހާއާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތަކެއް!

17 އޭޕްރިލް 2020
ކޮވިޑް-19: މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި

ކޮވިޑް-19: މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި

15 އޭޕްރިލް 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު