ބޭންކް އޮފް މޯލްޑިވްސް އިން ބޭންކުގެ ކުރެޑިޓްކަސްޓަމަރުންނަށް މޮރަޓޯރިއަމް އަށް އެދި ހުށައަޅަން ހުޅުވާލައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެ އިޤްތިޞާދީ ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ މިދަޑިވަޅުގައި ބީއެމްއެލް ގެ ކަސްޓަމަރުންނަށް ލޯނުތައް ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދާ ދިނުމަށް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށް ދީފައެވެ. އެހެންނަމަވެސް އެމުއްދަތުގެ ތެރޭގައި ލޯނުގެ ނުދައްކާ ހުރި އަދަދަށް ސިމްޕަލް އިންޓްރެސްޓް އިތުރު ކުރެވެމުން ދާނެކަމަށް ބީއެމްއެލްގެ ނޫސްބަޔާނުގައި ވެއެވެ.
މޮރިޓޯރިއަމް އަށް އެދުމުން ފައިސާ އަނބުރާ ދެއްކުން ފަސްކޮށްދެވެނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ޕާސަނަލް ލޯނުތަކާއި، ހައުސިންގް އަދި ބިޒްނަސް ލޯނުތަކަށެވެ. އެހެންނަމަވެސް ބީއެމްލްއިން ދޫކޮށްފައިވާ ކްރެޑިޓްކާޑާއި އޯވާރޑްރާފްޓް ތަކުގެ އިތުރަށް ބީއެމްއެލް އިސްލާމިކް މުރާބަހާ ފެސިލިޓީ އަށް ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްކޮށްދިފައި ނުވާނެ ކަމަށްވެސް ބީއެމްއެލްގެ ނޫސް ބަޔާނުގައިވެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ ބީއެމްއެލްގެ ލޯނަށް މަރޗް ދައްކަންޖެހޭ ފައިސާ އޮޓެމެޓިކުން ކެޑިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އޭޕްރީލް 15 ގެ ކުރިން މޮރިޓޯރިއަމްއަށް އެދެފިނަމަ ޗާރޖްކުރި އެމައުންޓް ރިފަންޑް ކޮށްދޭނެކަމަށެވެ.