ވިލަމަންދޫ ރިސޯޓުގެ ތިޖޫރި ވަގަށް ނަގައި އެއްލާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރިސޯޓުގެ އޮފީހުގެ ތިޖޫރިއެވެ. އަދި، އެ ތިޖޫރީގައި 80 ޔޫ.އެސް ޑޮލަރާއި 230 ދިވެހި ރުފިޔާގެ އިތުރުން 57 ޕާސްޕޯޓެއް އޮތެވެ.
ފުލުހުން މިމައްސަލަ ތަޙުޤީޤުކުރަމުންދާއިރު، މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.