ހުވަދު އަތޮޅަށް މޫސުންގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބައިޓް އެލާޓް ނެރެފައިވަނީ މިއަދު 15:45 އިން އިރުއޮއްސި 19:00ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ ވައިޖެހޭނީ އުތުރާއި އިރުއުތުރުން، ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެހެން ހިސާބު ތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.